ދިވެހިރާއްޖެއިން ވަޒީފާ ހޯދައިދޭނެކަމަށް ބުނެ، ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ފައިސާ ނަގައި، އަދި މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި، ބަންގްލަދޭޝްގެ ރައްޔިތަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ދިވެހި ފުލުހުން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭހަށް ނިސްބަތްވާ އުމުރުން 46 އަހަރުގެ މުހައްމަދު ހަނީފް ބަޕަރީ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ލައިސަންސް ނުނަގާ ވިޔަފާރި ކުރުމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ. 

ޓޫރިސްޓް ވިސާގައި ރާއްޖެއަށް އެކި ފަހަރު މަތީން އެތެރެވެފައިވާ، ބަޕަރީއާ ގުޅޭގޮތުން ނެރެފެފައިވާ ކޯޓު އަމުރުގައި ވަނީ، އޭނާ ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ދިވެހިރާއްޖެއިން ވަޒީފާ ދޭނެ ކަމަށް ބުނެ ފައިސާ ނަގާފައިވާ ކަމަށާއި އޭނާގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑާކުރާކަމަށް ވެސް ތުހުމަތުކުރެވޭ ކަމަށެވެ.