ދިވެހިރާއްޖެއަށް މި ފެށުނު 2026 ވަނަ އަހަރު ޒިޔާރާތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިއަދު މަރުހަބާ ކިޔައިފިއެވެ.

ރާއްޖެއަށް މިއަހަރު އެންމެ ފުރަތަމަ ޒިޔާރާތްކުރި ފަތުރުވެރީންގެ ލަގަބު ލިބިފައިވަނީ، އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ އުމުރުން 54 އަހަރުގެ ތޯމަސް އެންޑްރޫ ހެލްވެގާއާއި އޭނާގެ އަންހެހުންނެވެ.

މި ދެމަފިރީންނަށް މަރުޙަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ ޚާއްސަ ހަފުލާއެއް ބާއްވައިފައެވެ. 

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޑިސެމްބަރު 2025ގެ ފަހު ހަފްތާގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމި ދިޔައަހަރު ރާއްޖެއަށް 2.24 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.